ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ ވެވަޑައިގެން ތާރީހުން ޖާގަ ހޯއްދަވައިފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދަސްވެނިވުމާއި ގުޅިގެން ޑރ. އާމިނަތު ޒާހިރާއަށް، ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ވަރަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފަ އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ވަޒީރު ވަނީ ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ
މި ތާރީހޫ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެއްކަން ފާހަގަކުރައްވަމުން ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރާ ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ