ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަގައުމީ ޖަލްސާ ބާއްވާ، ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންތިހާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - އާޓިފިޝަލް ބީޗުގައި އޮތް ގައުމީ ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ.
ތަފްސީލް - މިރޭގެ ކޮންގްރެސްގައި ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް އިންތިހާބުކުރި އެވެ.
ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ރައީސާއި ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ އެ އެބޭފުޅުން އެކަނި؛ އެހެންކަމުން އޮޓަމެޓިކުން މަގާމުތަކަށް ވަނީ އިންތިހާބުވެފައި
ޕާޓީގެ އިސް މަގާމުތަކަށް ދެން އިންތިހާބުކުރި ބޭފުޅުންގެ ތެރޭ ހިމެނެނީ:
ސެކްރެޓަރީ ޖެނެރަލް: މުހައްމަދު މަލީހް ޖަމާލް
ޓްރެޒަރާ: މުހައްމަދު މުސްތޮފާ
މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ކެޕްޓަންކަމުގައި ޕާޓީ ކުރާ ދަތުރުގައި ފަޅުވެރިންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަރިހުގައި ޕާޓީގެ މަސައްކަތުގައި އިސްކޮށް ތިއްބެވީ ވަފާތެރިން ކަމަށެވެ.
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ދަރިކަލުން ޒޭން އާއި ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ