ފީފާގެ ރައީސްއަކު 19 އަހަރަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ހަފްތާ ބަންދުގައި ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވި ގޮތުގައި:
އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 24 ވަނަ ދުވަހު، އަންނަ ހުކުރު ދުވަހު 
މިއީ މިދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސްއަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރު 
ތަފްސީލް - މިއީ ތާރީހީ ދަތުރެއްކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންފަންޓީނޯގެ މި ދަތުރަކީ:
ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް
އެ މަސައްކަތުގައި ފީފާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތްކަމުގެ މިއީ ފުރިހަމަ ރަމުޒެއް
"މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީއަށް ކުރާ މަސައްކަތަށް ހަލުވިކަން އަންނާނެ. އަދި ފީފާ އާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ