އައްޑޫ ވޯޓް: ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ އައްޑު އަތޮޅުގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފަހު ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އާންމުކޮށްފި އެވެ.މީ ވޯޓް ބާއްވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.ރައްޔިތުންގެ މި ފެންނަ ނުފެންނަ ވޯޓްގައި ޖުމްލަ 9،576 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އެގޮތުން ފޭދޫން 4،355 މީހަކަށް، މީދޫން 2،347 މީހަކަށް އަދި ހުޅުދޫން 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ. މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.ވޯޓްލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެ މީހަކު ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު VR (SPACE) NID NO ޖަހާފައިި 1414 އަށް މެސެޖްކޮށްގެން ބަލާލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ