މުއައްސަސާތަކުގެ ވެރިން ވައްކަމގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނަސޭހަތްތެރިވެއްޖެ އެވެ.
ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ސިޔާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއައްސަސާތަކުގެ ވެރިންނާއި ޖުމްލަކޮށް ހުރިހާ ދިވެހިން ވައްކަމުގެ ނުބައި އަމަލާ ދުރުހެލިވެ ތިބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
"ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހައި ވެރިންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރިވަން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ވައްކަމުގެ ނުބައި އަމަލުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ހިމެނޭނީ ނަރަކައިގެ ގަދަފަދަ ވެގެންވާ އަޒާބުގެ އަހުލުވެރީން ގޮތުގައި ކަމަށެވެ.
ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލަކަށް ވީ ހިނދު، އެ ފަދަ އަމަލުތަކުން މަންފާ ހޯދާ، ލިބިގަނެ އެ ބޭނުންކުރުމަކީ މި ގައުމު ތެރެއަށް ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށެވެ.
ސިޔާމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މުއައްސަސާތަކުގެ އިސްވެރިން ވައްކަން ކުރާ ކަމަށް ރައްޔިތުން ތުހުމަތުކޮށް، އެފަދަ މައްސަލަތަކެއް ވެސް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.
ސިޔާމްގެ ނަސޭހަތެއް: މުއައްސަސާތަކުގެ ވެރިން ވައްކަމުގެ އަމަލުތަކުން ދުރުހެލިވޭ ސިޔާމްގެ ނަސޭހަތެއް: މުއައްސަސާތަކުގެ ވެރިން ވައްކަމުގެ އަމަލުތަކުން ދުރުހެލިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ