ފެނަކަ ކޯޕަރޭޝަނުގެ ބްރާންޗުތަކުގައި ސެކިޔުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ އައިޓީ ހެޑު އަދި ޕްރޮކިޔުމެންޓު ހެޑުގެ ގޮތުގައި މަސައްކަތް ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިޔުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާތީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ:
އިސްމާއިލް ޝަމްއޫން، މ. ފެހިވިދުވަރު
މަރިޔަމް ދީނާ ސޯލިހު މައިޒާން، ހޯދަޑު/ފުވައްމުލައް
ތަފްސީލް - މި ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި، ދީނާ ފެނަކައިގެ ޕްރޮކިޔުމެންޓު ހެޑުގެ ގޮތުގައި ހުރެ އަދި ޝަމްއޫނު އެ ކުންފުނީގެ އައިޓީ ހެޑުގެ ގޮތުގައި ހުރެ 25 ޖޫން 2018ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރެއް އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އެވެ.
ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ޕީޖީން ބުންޏެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.
ފެނަކަ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ހަވާލުކުރި މައްސަލާގައި ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ