ދެބެންގެ މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ހުޅުމާލެ ދެވަނަ ފިޔަަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ދެބެންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން  ހަމަލާދިނުމުން، ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ، ހިޔާ 8 ވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާކަމަށް ބުނެ މިއަދު ލިބުނު ރިޕޯޓަކާ ގުޅިގެން ބެލިބެމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށެވެ.
ތަފްސީލް - މި މާރާމާރީގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް  ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ވަނީ ބުރިވެފަ އެވެ. 
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ، މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ