ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް!

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވާރޭ ވެހިފައިވާކަމަށެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވުނީ އައްޑޫ ސިޓީގެ ހިތަދުއަށް 110 މިލިމީޓަރުގެ ވާރޭކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
Advertisement
މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެ ސަރަހައްދަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ