މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެ - ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ފާހަގަކުރެއްވި ގޮތުގައި، ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ. އަދި އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއް ކަންތައް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އިޝާރާތް ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ