އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގެންފި
އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާގެ މަޤާމަށް ނަރެންދުރަ މޯދީ މިއަދު ވަޑައިގެންފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޯދީ ވަނީ ވިދިވިދިގެން 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، 4،398 ދުވަހު އެ މަޤާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. މީގެ 12 އަހަރު ކުރިން, 26 މެއި 2014 ގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް މޯދީ ވަނީ 2019 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރެއް، އަދި 9 ޖޫން 2024 ގައި ތިންވަނަ ދައުރެއް ފައްޓަވާފައެވެ. މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އިންޑިއާގެ ވެރިކަންކުރާ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގެ ޚާއްޞަ ބައްދަލުވުމެއް ނިއުދިއްލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކޯލިޝަނަށް ނިސްބަތްވާ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއި އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ