ޞާލިޙްގެ ރައްދު އަމީރަށް: ތި ދަންނަވާ ފަދަ ޕްރޮޕޯޒަލެއް ނުލިބޭ!

2023ގެ ރިޔާސީ އިންތިހާބު ގެ ދުވަސްވަރު އެއްވެސް ޕްރޮޕޯޒަލްއެއް އެމަނިކުފާނާއި ހަމައަށް ނާންނަކަމަށް ބުނެ ކުރީގެ ފިނޭންސް މިނިސްޓަރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރައްދު ދެއްވައިފިއެވެ.
އިތުބާރު ކެމްޕެއިން ޓީމުން މަރަދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ ވަރަށް ފޯރިއާއިއެކު ކުރިއަށްދާ ޖަލްސާތަކެއްކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެ ވާދަވެރިކަމުގައިވެސް ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާކަމަށް ޞާލިހް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވާތީ، އެކި ޕާޓީތަކަށް އެކި މަގާމްތައް ދޭނެ ކަމަށް އެއްބަސްވި ކަމަށާއި ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިހާބުގައިވެސް އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައި އޮތް ކަމަށް ޞާލިހް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އޭރު ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ކުރާނީ ވަކިން ކަމަށާއި، އަދި އެފުރުސަތުވެސް އެގޮތަށް ދިނުމަށް މަަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ ވެރިކަން ކުރާ މީހެއް ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމައަށް ކަންކަން ކޮށްދޭް ޖެހޭނެ ކަމަށާއި، އަދި ޕާޓީގެ ހިންގުމުގެ ތެރެއަށް ނުވަދެ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އޭރު ޕާޓީގެ ހިންގުން ޕާޓީގެ ލީޑަރާއި އަދި ޗެއާޕާސަންގެ އަތްމަށްޗަށް ދޫކޮށްލި ކަމަށް ވިދާޅުވިއެވެ.
”އޭރު ގައުމީ މަޖިލީހުން ފާސްކުރީ މިނިންމުން. އެއާއިއެކީގައި އަޅުގަނޑުމެންވެސް ދިޔައީ، އަޅުގަނޑުވެސް އެއާއި އެކީގައި ބައިވެރިވެގެން ރައްޔިތުންގެ މަޖިލިސް ނެގުމުގެ މަސައްކަތް ދިޔައީ. އެދުވަހާއި ހިސާބަށް އަޅުގަނޑުމެން ވަރަށް އެކުވެރި ކަމާއިއެކީގައި ޕާޓީގެ ކަންކަން، އަދި ސަރުކާރު ހިނގުމުގައިވެސް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިޔައީ. ރައްޔިތުންގެ މަޖިލީސް ނިމުމާއި އެޚީގައި އޭގެތެރެއިން ބައެއް ބޭފުޅުން ނިންމިނިންމެވުމަކީ ޕާލިމަންޓްރީ ގްރޫޕް ހިނގާނީ ސަރުކާރާއި ވަކިންނޭ“
އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމުންތައް ނިންމާނީ ވަކިން ކަމަށް ބުނެ އޭރު ޞާލިހްއަށް ހުށައެޅުމެއް އައި ކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވިދަޅުވީ އެއީ ވަރަށް ދަތި ވަގުތެއް ކަމަށާއި، އެއީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވި ވަގުތު ކަމަށެވެ. ސަރުކާރު އެންމެ ފުރަތަމަވެސް ހިނގަން ފެށީ އެ ދަތިތަކާއި އެކުގައި ކަމަށާއި ސަރުކާރުން ހުށައަޅާ ކަންކަން ކުރިއަށް ގެންދިއުމުގައި މެންބަރުން ލޮބީކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
އޭރު މަޖިލީހުގައި އެންމެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް އެއްޗެހި ގޮވި ބަޔަކީ އެމްޑީޕީގެ ބައެއް މެމްބަރުން ކަމަށް ޞާލިޙް ވިދާޅުވިއެވެ. ޞާލިހް ވިދާޅުވީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާން ވޯޓެއް ނެގުމަށް ރައީސް ނަޝީދު އެދިވަޑައިގަތް ކަމަށާއި އެހެންނަމަވެސް ކޯލިޝަންގެ އެއްބަސްވުމުގައި އެކަން ނެތުމުން އެކަމަށް ތާއިދު ނުކުރެއްވީ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ޞާލިޙް ވިދާޅުވީ އެއްވެސް ޕްރޮޕޯސަލްއެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ޞާލިޙް ވިދާޅުވީ އެމަނިކުފާނާއި ހަމައަށް ވަރަށް ގިނަ ކަންކަން އައި ކަމަށާއި، އެގޮތުން ދެވަނަ ބުރުގެ ވޯޓުގެ ކުރިން ރެފެރެންޑަމް ބާއްވަން އިއުލާނު ކުރުމާއި، އަދި ހުވާ ކުރުމުގެ ކުރިން ރެފެރަންޑަމްއެއް ބޭއްވުމަކީ އެއީ އެއް ހުށައެޅުން ކަމަށް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ތިން ވަޒީރަކު ވަކިކުރަންވެސް ހުށައެޅި ކަމަށާއި އޭގެތެރޭގައި ފިނޭންސް މިނިސްޓަރު އަމީރު ހިމެނިވަޑައިގަންނަވާ ކަމަށް ޞާލިހް ވިދާޅުވިއެވެ.
ބޮޑުބަދަލު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީރު ވަނީ 23ގެ އިންތިހާބު ކާމިޔާބު ކުރޭވެ ގޮތްތަކެއް ހުރި ކަމަށް ބުނެ ވާޙަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދާއެކު އެތަކެއް މަޝްވަރާތަކެއް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ޕާޓިގެ ތެރޭގައި ކަންކަން ބަދަލުވެ ރައީސް ނަޝީދުއާއި ނުލާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނެ ވާހަކަ ދެކެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ