ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެކުގައި ނިކުމެ، ގެންނަން މި އުޅޭ ”ބޮޑު ބަދަލު“ގެ ވާހަކަ ހުރިހާ ދިވެހި ރައްޔިތުންނަށް އަންގައިގެން ކަމަށާއި، މިހާރު އޮތް ”ލޮނުމަޑު“ ކަމުގައި އެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއަރޕާސަން އިންތިހާބާ ގުޅިގެން ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ ”ބޮޑު ބަދަލު“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީން ފެންނަ ނުފެންނަ ވޯޓުންނާއި، ކައުންސިލް އިންތިހާބުތަކުގެ އިތުރުން ބައި އިލެކްޝަންތަކުން ކާމިޔާބު ލިބުނު ނަމަވެސް، މިހާރު އޮތް ހާލަތުގައި އޮވެގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީން ގެންނަން މިއުޅޭ ”ބޮޑު ބަދަލު“ގެ ވާހަކަ ހުރިހާ ރައްޔިތުންނާ ހަމަޔަށް ގެންގޮސް، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނީ އެމްޑީޕީއަށް ކަމުގެ ޔަގީންކަން އަރުވަންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ކުރިން އޮތް އަނިޔާވެރިކަމާއި ދެރަ ހާލަތު ތަހައްމަލު ނުކޮށް، އެމްޑީޕީން ކުރި މަސައްކަތްތައް ނުފެނި ތިބި ޒުވާނުންނަށް އެމްޑީޕީއަކީ ތަފާތު ބައެއްކަން ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
، ”އޭރުގެ ހާލަތު ނޭނގޭ އެތައް ޒުވާނުންނަކަށް އަޅުގަނޑުމެން އެބަ ޖެހޭ ދައްކަން އަޅުގަނޑުމެންނަކީ ތަފާތު ބައެއްކަން، އަޅުގަނޑުމެންނަކީ ދިވެހި ރާއްޖެ ބަދަލުކުރި މީހުންކަން އަދި ކުރިއަށް އޮތްތާވެސް ބަދަލު ކުރާނެ ބަޔަކީވެސް އަޅުގަނޑުމެންކަން“
މީގެ އިތުރުން، މި އަމާޒުތައް ހާސިލް ކުރުމަށްޓަކައި އެންމެ ފަސޭހަވެގެން ދާނީ ރައީސް ނަޝީދު ޗެއަރޕާސަން ކަމަށް އިންތިހާބު ކުރެވިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި މުޅި އެމްޑީޕީ އެއްކޮށް ރުކުރުވާލައްވައިގެން ކުރިއަށް ގެންދަވާނެ ބޭފުޅަކީ ވެސް ރައީސް ނަޝީދު ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
ލޮނުމަޑުކަމުގައި ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ