މާލެ ކައިރިން ދެ ލޯންޗެއް ޖެހި މިއަދު ބޮޑު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ބޮޑެތި އަނިތާކެއް ވެއްޖެ އެވެ.
ދެ ލޯންޗު އެކްސިޑެންޓުވީ އިއްޒުއްދީން ފާލަމާ ދިމާލު ބޭރުން ފަޅަށް ވަންނަ ދިމާލުންނެވެ.
އެމްއެންޑީއެފުން ބުނީ ދެ މީހުންނާ އެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓު ވެގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ކަމަށާއި އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެކްސިޑެންޓުގައި އެއް ލޯންޗު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ.
ދެ ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، ދަތުރުކުރި ދެ މީހުންނަށް ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ