އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އާޖެންޓީނާގެ ފުޓްބޯޅަ ޓީމު އެމެރިކާއަށް ގޮސްފި އެވެ.
އެނެމް ފަހުގެ ޗެމްޕިއަން, އާޖެންޓީނާގެ ޓީމު ބޭސް ވުމަށް ހަމަޖެހިފައިވާ މިސޫރީގެ ކެންސަސް ސިޓީ އަށް ގޮސްފައިވަނީ ވޯލްޑްކަޕްގައި އެ ޓީމު ދަތުރު ކުރުމަށް ޑިޒައިން ކޮށްފައިވާ އާޖެންޓީނާ އެއަރލައިންސްގެ ޚާއްސަ ފްލައިޓެއްގަ އެވެ.
އެމެރިކާގައި ވޯލްޑްކަޕް ބާއްވާ 11 ސިޓީގެ ތެރެއިން އެންމެ ކުޑަ ސިޓީ ކަމުގައިވާ ކެންސަސް ސިޓީގައި އާޖެންޓީނާ ބޭސްވުމަށް ނިންމާފައިވާއިރު, އެ ގައުމުގެ އިތުރުން އިންގްލެންޑް އާއި ނެދަލޭންޑްސް ވެސް ބޭސް ވާނީ ކެންސަސް ސިޓީގަ އެވެ.
އާޖެންޓީނާގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްޕޯޓިން ކެންސަސް ސިޓީގެ ކޮމްޕަސް މިނަރަލްސް ޕަރފޯމަންސް ސެންޓަރ ގަ އެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ މި މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ 26 ކުޅުންތެރިންގެ ސްކޮޑް ދާދި ފަހުން އިއުލާން ކޮށްފަ އެވެ.
ތިން ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ އިން ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 16 ވަނަ ދުވަހު ކެންސަސް ސިޓީގައި އަލްޖީރިޔާ އާއި ދެކޮޅަށެވެ.
އާޖެންޓީނާގެ ޓީމު އެމެރިކާއަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ