ދެ މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓުވެ، ލޯންޗަށް ބޮޑެތި ގެއްލުންތަކެއްވެ، ދެ މީހުންނަށް އަނިޔާވެއްޖެއެވެ.
މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، 2 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ