ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށަކަށް ޖަނަރޭޓަރުތައް ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެކޯޕަރޭޝަނުން ވިދާޅުވީ ޖަނަރޭޓަރުތައް ފޮނުވުވައި އިސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރ. އަތޮޅާއި ބ. އަތޮޅުގެ 5 ރަށަކާއި ތ. ބުރުނީގައިކަމަށެވެ. ފެނަކަ ކޯޕަރޭޝަން އިން އައު ޖަނަރޭޓަރު ގެންދިޔަ ރަށްތަކަކީ ރ. މީދޫ، ރ. އަލިފުށި. ރ. މާކުރަތު، ބ. ކިހާދޫ، ބ މާޅޮސް އަދި ތ. ބުރުޏެވެ.  
އެ ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ، ރ. މީދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ގެންދިޔައީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރު އިންސްޓޯލްކޮށް ނިމި މިހާރު ލޯޑަށް ދެވިފައިވާކަމަށެވެ. 
ރ. އަލިފުށްޓަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރު ވެފައިވާކަމަށާއި، އެއަތޮޅު މާކުރަތަށް ގެންދިޔަ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރު ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ. 
މީގެ އިތުރުން ބ. މާޅޮހުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވި 400 ކިލޯ ވޮޓް ގެ ޖަނަރޭޓަރާއި  އެއަތޮޅު ކިހާދޫ އަށް ފޮނުވި 250 ކިލޯ ވޮޓްގެ ޖަނަރޭޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަކޯޕަރޭޝަނުން މަޢުލޫމާތުދެއްވިއެވެ. އަދި ތ. ބުރުންޏަށް 250 މެގްވޮޓްގެ ޖަނަރޭޓަރެއް ގެންގެންދިއުމުގެ މަސައްކަތްވެސް އެކޯޕަރޭޝަނުންދަނީ ކުރަމުންނެވެ. 
ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއި އެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށެވެ. އަދި މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި މީގެ ކުރިން ބަލަހައްޓާފައިނުވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އޭގެސަބަބުން ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
    
    ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށަކަށް ޖަނަރޭޓަރުތައް ފޮނުވައި، އިސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
             
            