3 މަސް ފަހުން އަންނަ ހޯމަ ދުވަހުގެރޭ 'އަހާ'ގެ 2 ވަނަ ބައްދަލުވުން ބާއްވަނީ

'އަހާ' ފޯރަމް ސިލްސިލާގެ ދެވަނަ ބައްދަލުވުން، ފުރަތަމަ ބައްދަލުވުން ބޭއްވިތާ ތިން މަސް ފަހުން ބާއްވަން ނިންމައިފިއެވެ.
ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ، މި ސަރުކާރުން ފެށި 'އަހާ' ފޯރަމްގެ ނަމުގައި އެންމެ ފުރަތަމަ ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. އޭގެ ފަހުން މިއަދަށް ތިން މަސްދުވަސް ހަމަވީއެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެ މަހުން އެއް މަހު ވަޒީރުން ސީދާ ޖަވާބުދެއްވާ ގޮތަށް ކުރިއަށް ގެންދާ 'އަހާ' ސިލްސިލާގެ އެންމެ ފުރަތަމަ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަކީ:
ދައުލަތުގެ މީޑިއާ ޕީއެސްއެމުން 'އެކްސް'ގައި އާންމުކުރި ޕޯސްޓުގައިވާ ގޮތުން، ރައީސް އޮފީހާ ގުޅިގެން ޕީއެސްއެމުން ބާއްވާ އަހާ ފޯރަމްގެ ދެވަނަ ބައްދަލުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ ސަލްޓަން ޕާކުގައެވެ. އެ ރޭ 8:30 ގައި އޮންނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަސް ވަޒީރުންނަކީ:
އަހާ ފޯރަމް ކުރިއަށް ގެންދަނީ އާންމުން ސަލްޓަން ޕާކަށް ގޮސް ބައިވެރިވެވޭ ގޮތަށް، އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ