އެމްއޭސީއެލްގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހިމެނޭ ބަޔަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ އެމްއޭސީއެލްގެ ވެހިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިހާރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.ނަމަވެސް ހައްޔަރުކުރީ ކިތައް މީހުން ކަމާއި އެ މައްސަލައިގެ އިތުރު ތަފުސީލު އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.މި މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.ޝަރީފްގެ ވެހިކަލް ގެއްލުނު މައްސަލަ ފެންމަތިވެފައިވާ އިރު އެއާޕޯޓުގެ ސެކިއުރިޓީގައި ބޮޑެތި ބާގަނޑުތަކެއް ހުރި މައްސަލަ ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ