ރައީސް އޮފީހުން ދޮގު ހަބަރު ފަތުރައިގެން ހަގީގަތް އޮޅުވާލި: އެމްޖޭއޭ ނޫސްވެރިކަމަށް ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ރައީސް ގެނެސްދެއްވާނެ: ނައިބު ރައީސް ރާއްޖޭގެ މީޑިއާތަކުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިންޑިއާއަށް ފުރައިފި ނޫސްވެރިކަމުގެ

ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ ގޮތަށް ބައްޓަންކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހަކީ، އެކަމުގައި އަޅާނެ ރަނގަޅު ފިޔަވަޅެއް ކަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފާހަގަކޮށްފިއެވެ.
މި ގާނޫނަކީ ފާއިތުވި 2 އަހަރުގެ ތެރޭގައި އެމްޖޭއޭއިން އެންމެ ބޮޑަށް އިސްލާހުކުރަން އެދި އުޅުނު ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުން ކުރި ހާމަކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުން މިހާރު އަޅާފައިވާ ހެޔޮ ފާލެއް ކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
“ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް އަލަށް ފަށާ ސަރުކާރުގެ މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިއްޔެ ސަރުކާރުން ހާމަކޮށްފައިވާތީ، އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ސަރުކާރުން އަޅާނެ ރަނގަޅު ފިޔަވަޅެއް އަދި ހެޔޮ ފާލެއްގެ ގޮތުގައި މި ޖަމްއިއްޔާއިން ފާހަގަކުރަން،” އެމްޖޭއޭގެ ބަޔާނުގައިވެއެވެ.
މި އިސްލާހުގެ ސަބަބުން ނޫސްވެރިންނަށް ލިބިގެންދާނެ މިނިވަންކަމަށް އުއްމީދުކުރާ ކަމަށާއި، އިސްލާހުގެ ޤާނޫނު ފުރިހަމަކުރުމަށް ދައުލަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމްޖޭއޭއިން ދީފައިވެއެވެ. އަދި މި އިސްލާހުގެ މަސައްކަތް އަވަހަށް ނިންމައި ޤާނޫނަކަށްވުމަކީ ނޫސްވެރިންނާއި ނޫސްވެރިކަމަށް ކުރާނެ ބޮޑު ހެޔޮ ބަދަލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ