މޫސުން ވަރަށް ގޯސް، މުޅި ރާއްޖެއަށް މޫސުމީ އިންޒާރު

މެޓުން މުޅި ރާއްޖެއަށް މޫސުމީ އިންޒާރު ނެރެފައި މިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވަނިކޮށެވެ.
ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް މޫސުމީ އިންޒާރު ނެރެފި އެވެ.
މެޓުން މުޅި ރާއްޖެއަށް މޫސުމީ އިންޒާރު ނެރެފައި މިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވަނިކޮށެވެ.މުޅި ރާއްޖެެއަށް ނެރެފައި ވަނީ ހުދު ސަމާލެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ 12:00 ގެ ނިޔަލަށެވެ. މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.އޭގެ ފަހުން ބ އަތޮޅުން އައްޑޫ ސިޓީއަށް ވަނީ ރީންދޫ ސަމާލު ނެރެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ