ލިވަޕޫލްގެ ފޯވަޑް އެލެކްޒެންޑަރ އިސާކް އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވެ އެ ކްލަބުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފަށައިފި އެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފައިވަނީ އިސާކް އަނިޔާއިން ރަގަޅުވެ ކްލަބުގެ ފަރިތަކުރުންތަކަށް ނިކުތުމަކީ އޭނާއަށް ލިބިފައިވާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ތިނެއް ނުވަތަ ހަތަރު މަސް ދުވަހު އަނިޔާއިން ރަގަޅުވާން މަސައްކަތް ކުރުމަށްފަހު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވުމަކީ ބޮޑު ހިތްހަމަޖެހުމެއް." ސްލޮޓް ބުންޏެވެ.
އިސާކް އަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގަ އެވެ. މި މެޗުގައި އަނިޔާ ވުމުގެ ކުރިން އިސާކް ވަނި ލަނޑެއްވެސް ޖަހާފަ އެވެ.
އިސާކްގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑިސެމްބަރ މަހު ވަނީ ސަރޖަރީއެއް ހަދާފަ އެވެ.
ލިވަޕޫލްގެ ރެކޯޑް އަދަދެއް ކަމުގައިވާ 125 މިލިއަން ޕައުންޑުގެ ފީ އަކަށް ނިއުކާސަލް ޔުނައިޓެޑް އިން އިސާކް ލިވަޕޫލް އާއި ގުޅިފައިވަނީ މިދިޔަ އަހަރު އެވެ. އެ ކްލަބާއި ގުޅުމަށްފަހު އިސާކް ލިވަޕޫލް އަށް ކުޅެދިން 16 މެޗުގައި އޭނާއަށް ޖެހިފައިވަނީ 3 ލަނޑެވެ.
އަނިޔާއަށްފަހު އިސާކް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ