ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް ހަތަރެއް ގުނަ، 60 މީޓަރު ޝަޓަލް ރިލޭ އިވެންޓްގައި ދިވެހި ރިލޭ ޓީމް، އައިޝަތު ޝަބާ ސަލީމް، ޝުއާ އަހުމަދު ރިޝްފާން، ހައްވާ މުޒުނާ ފާއިޒްގެ އިތުރުން އަހްނާ ނިޒާރު ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމައިފިއެވެ.
މިއަދުގެ ރިލޭ އިވެންޓަކީ މިފަހަރުގެ ބީޗް ގޭމްސްގައި ރާއްޖޭގެ އެތުލީޓުނަށް އޮތް އެންމެ ފަހު އިވެންޓެވެ. ރާއްޖޭގެ ރިލޭ ޓީމުން ވާދަކޮށްފައި ވަނީ އެ އިވެންޓްގެ ފައިނަލް ހީޓް އޭގައެވެ. ޝަބާއާއި އަހްނާ، މުޒްނާގެ އިތުރުން ޝުއާ ހިމެނުނު ޓީމުން ހީޓް ނިންމާލީ ތިންވަނައިގައެވެ. އެއީ ހަތަރު ޤައުމަކުން ވާދަކުރި ހީޓްގައެވެ. ޓައިމިންއަކީ 33.49 ސިކުންތެވެ.
އިވެންޓަށްފަހު ކޯޗު، ހުސައިން އިނާޝް ބުނީ ތައްޔާރީތަކާ ބަލާފައި އެތުލީޓުން ދުވީ ވަރަށް ރަނގަޅަށް ކަމަށާއި، މިކަހަލަ އިވެންޓެއްގެ ރިލޭއެއްގައި ދުވެލަން ލިބުނު ފުރުސަތަކީ މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި ޒުވާން އެތުލީޓުންނަށް ލިބޭ ތަޖުރިބާގެ ބޭނުން އަބަދުވެސް ހިފޭނެކަން ކޯޗު ފާހަގަކުރިއެވެ.
އޭޝިއަން ބީޗް ގޭމްސް: އެތުލެޓިކްސް ޓީމަށް ރަނގަޅު ތަޖުރިބާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ