އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވާފައިވަނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައެވެ. ދުވާފަރުގެ އިތުރުން މިހާރު ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި އަދި ފ. ނިލަންދޫ އެވެ. މީގެ އިތުރުން އެފްއެސްއެމްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދ. ކުޑަހުވަދޫގައިވެސް ވަނީ ފިއުލް ސްޓޭޝަނެއް ހުޅުވާފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަކުރުމަށްޓަކައި އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެފްއެސްއެމްގެ ޚިދުމަތް މިހާރުވެސް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައި ދެމުން އަންނަކަން ފާހަގަކުރެވެއެވެ.
ހަ ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ