ރަހީނުކުރި މައްސަލަ: ބިދޭސީންގެ ބަންދު މުއްދަތު އިތުރުކޮށްފި

ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ހަތަރު މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރީ ބަންގްލަދޭޝްގެ ފަސް ފިރިހެނުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން
އެމްޑީ ހޮސައިން (30އ)އެމްޑީ މެހެދި ހަސަން (34އ)އެމްޑީ ޝާ އަލަމް (39އ)ސަރފިފް ހަސަން (38އ)ރަސަލް (20އ)
މި މައްސަލައިގައި ހިމެނޭ އެމްޑީ ޝާ އަލަމް އާއި ސަރފިފް ހަސަން އާއި ރަސަލް އަދި އެމްޑީ މެހެދި ހަސަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ.
މި މައްސަލައިގައި ހިމެނޭ އެމްޑީ ހޮސައިންގެ ބަންދަށް މިމަހުގެ 10 ވަނަ ދުވަހު ދިން 30 ދުވަހުގެ މުއްދަތު ހަމަވާނީ މެއި 10 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ އާއި ބިރު ދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކުގެ ފޮޓޯ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިފައިވާ ކަމަށް އައިއޯ ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ މާޗް 25 ވަނަ ދުވަހު އެވެ.
މި މައްސަލަ ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ