މެދުއިރުމަތީގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"ވަރަށް ގާތުން ހާލަތު ބަލައި، ކަމާބެހޭ ފަރާތްތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން އެބަ މަސައްކަތް ކުރަން،" ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މި ދަނޑިވަޅުގައި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
މެދުއިރުމަތީގައި ނުތަނަވަސްކަން އުފެދިފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން ރައްދުގައި އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. އިރާނުން ހަމަލާތައް ދެމުން ދަނީ އަވައްޓެރި ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކުގެ އިތުރުން އިޒްރޭލަށެވެ.
މިގޮތުން އިރާނުގެ ހަމަލާތައް ދުބާއީ އާއި ބަހުރެއިން، ކުވައިތު އަދި ގަތަރަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ. އޭގެ ސަބަބުން އެ ގައުމުތަކުގެ އެއާލައިންތަކުގެ ފްލައިޓް ކެންސަލް ކުރުމުން ރާއްޖޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތާށިވެފައިވާކަން ވެސް ފާހަގަކުރެވެ އެވެ.
މެދުއިރުމަތީގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ގާތުން އެބަ ބަލަން: ހަޔާ އެޑިއުކޭޝަން މެދުއިރުމަތީގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ގާތުން އެބަ ބަލަން: ހަޔާ އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ