އީރާންގެ ކުރީގެ ރައީސް އަހްމަދީނީޖާދު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލާއި އެމެރިކާގެ އިސް ފަރާތްތަކާއި ހަވާލާދީ ބައިނަަލްއަގްވާމީ ބޮޑެތި ބައެއް ނޫސްތަކުން ބުނެފި އެވެ.
2005 ވަނަ އަހަރުން 2013 ވަނަ އަހަރަށް އީރާންގެ ރައީސްކަން ކުރައްވާފައިވާ އަހްމަދީނީޖާދަކީ އެ ގައުމުގެ އެންމެ އިސްވެރީންނާއި މިހާރު މާ ގާތްގުޅެއް ނެތް ބޭފުޅެއް ނަމަވެސް އެއީ އެމެރިކާއާ އިޒްރޭލުން ނައްތާލަން ބޭނުންވާ ބޭފުޅުންގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީރާންގެ ލީޑަރު ހާމަނާއީ އަވަހާރަކޮށްލަން ހަމަލާދިންއިރު އަހްމަދީނީޖާދު އަވަހާރަކޮށްލަން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއްް ދީފަ އެވެ. އަހްމަދީނީޖާދު އަވަހާރަކޮށްލީ އެމަނިކުފާނުގެ ގެކޮޅަށް ދިން ހަމަލާތަކެއްގަ އެވެ. އެ ހަމަލާގައި ބޮޑީގާޑުންތަކެއް ވެސް ނިޔާވެފައިވެ އެވެ.
އަހްމަދީނީޖާދަކީ އިސްލާމީ އުންމަތުގެ ދިފާއުގައި އަދި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް މުނާފިގު ސިޔާސަތުތަކަށް ވަރަށް ފާޅުގައި ދެކޮޅު ހެއްދެވި ހިތްވަރު ގަދަ ލީޑަރެވެ. އިރާންގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ވެސް ބޭފުޅެކެވެ.
އީރާންގެ ލީޑަރު ހާމަނާއީ އަވަހާރަވެފައިވާ މިދަނޑިވަޅު ކުރީގެ ރައީސް ހްމަދީނީޖާދުވެސް އަވަހާރަވެފައިވާކަން ހާމަވުމަކީ އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ހިތާމަ އިތުރަށް ފުންކުރުވި ކަމެވެ.
ހުޅަނގާއި ދެކޮޅު ވަރުގަދަ ލީޑަރު އަހްމަދީނީޖާދު ވެސް އަވަހާރަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ