ވައިގެ މަގުން ރާއްޖެ އެތެރެކުރި ދެ މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، އެ ތަކެތި އަތުލައިގަނެފައި މިދިޔަ ހުކުރު ދުވަހު ރާއްޖެ އައި މީހެއްގެ އަތުން ކަމަށެވެ. އެ ތަކެތި ޓެސްޓް ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވި ކަމަށެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.????ބާވަތް: ހެރޮއިން ????ބަރުދަން: 2.2 ކިލޯގްރާމް (2240 ގްރާމް)????މަަގުމަތީއަގު: 2,240,000 ދިވެހި ރުފިޔާ????ތާރީޚް: 27 ފެބްރުވަރީ 2026 pic.twitter.com/DQqgbzPYae— Maldives Customs Service (@CustomsMv) March 1, 2026
ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތީގެ ބަރުދަން 2.2 ކިލޯއަށް އަރާއިރު، އޭގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ވަނީ މިދިޔަ ޑިސެންބަރު މަހު ފާސްކޮށްފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބަދަލު ތަސްދީގުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ