އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގެ އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގައި ކުޅުނު މެޗުން، ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)، ދުނިޔޭގެ ވަރުގަދަ ޕެއާއަކާ ވާދަކޮށްފި އެވެ.
އަންހެން ޑަަބަލްސް 32 ކުޅުންތެރިންގެ ބުރުގައި، ނަބީ އާއި ނަބާގެ ޕެއާ އިން ކުޅެން އޮތް މެޗު ވަނީ ވޯކްއޯވާވެފަ އެވެ. އެހެންވެ، ނަބީ އާއި ނަބާ ވާދަކުރަން ޖެހުނީ، ގަދަ 16 ބުރުގަ އެވެ. އެ ބުރުގައި، ނަބީ އާއި ނަބާ ކުޅެން ޖެހުނު، އިންޑިއާގެ ޕެއާ، އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމް އަކީ މުބާރާތުގައި ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ ޕެއާ އެކެވެ. އަދި، ދުނިޔޭގެ ރޭންކިން 59 ވަނައިގައި އޮތް މި ޕެއާ އަކީ ވޯލްޑް ޓުއާ ރޭންކިންގެ 12 ވަނަ އެވެ.
ނަބީ އާއި ނަބާ އަތުން އިންޑިއާގެ ޕެއާ އިން 21-04، 21-12 އިން ވަނީ މޮޅުވެފަ އެވެ. އެކަމަކު، މިއީ، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ އެންމެ ކާމިޔާބު ޕެއާ ކަމަށްވާ ނަބީ އާއި ނަބާ އަށް ލިބިގެންދިޔަ ބޮޑު ތަޖުރިބާ އެކެވެ.
ފިރިހެން ސިންގަލްސްގެ ކޮލިފައިން 64 ކުޅުންތެރިންގެ ބުރުގައި، ޒަޔާން ވަނީ، އަޒަރުބައިޖާންގެ ފަޖާރު ކަރިމްލީ އަތުން 21-10، 21-14 އިން މޮޅުވެފަ އެވެ. ކޮލިފައިންގެ 32 ކުޅުންތެރިންގެ ބުރުގައި، ޒަޔާން ބައްދަލުކުރާނީ އިންގްލެންޑްގެ ނަދީމް ޑަލްވީއާ ދެކޮޅަށެވެ. ނަދީމް ވަނީ 21-05، 21-10 އިން ޒަޔާން އަތުން މޮޅުވެފަ އެވެ.
މުބާރާތުގައި އަންހެން ސިންގަލްސް ކޮލިފައިންގައި، 32 ކުޅުންތެރިންގެ ބުރުގައި، ނަބާ ނުކުތީ ދެ ވަނަ އަށް ސީޑުކޮށްފައިވާ، ދުނިޔޭގެ 162 ވަނައިގައި އޮތް ޖަޕާނުގެ ޝިއޯރީ އެބިހާރާއާ ދެކޮޅަށެވެ. އެބިހާރާ އެ މެޗުން މޮޅުވީ 21-05، 21-04 އިންނެވެ.
އަންހެން ސިންގަލްސް ކޮލިފައިންގައި، 64 ކުޅުންތެރިންގެ ބުރުގައި، ނަބީ ވާދަކޮށް ޔޫއޭއީގެ ނޫރާނީ އައްޒަހްރާ މޮޅުވީ 21-12، 21-06 އިންނެވެ.
ފިރިހެން ސިންގަލްސް ކޮލިފައިންގައި، ރާއްޖޭގެ ނިބާލް ވަނީ ފިލިޕީންސްގެ ޖަމާލް ރަހުމަތު ޕަންޑީ އަތުން 21-10، 21-11 އިން ބަލިވެފަ އެވެ. ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ނިބާލް ވަނީ ޗެކް ރިޕަބްލިކްގެ ތޯމަސް ސްވެއިޑާ އާއި ވޮއިޓެކް ހަވްލިޝެކް އަތުން 21-06، 21-14 އިން ބަލިވެފަ އެވެ.
މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ވަނީ ކޮލިފައިން 32 ޕެއާގެ ބުރުގައި، ދުނިޔޭގެ 135 ވަނައިގައި އޮތް ސްވިޒަލެންޑްގެ ނިކޮލަސް ފްރެންކޯންވިލް އާއި ޖޫލީ ފްރެންކޯންވިލް އަތުން 21-10، 21-14 އިން ބަލިވެފަ އެވެ. މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ އަތުން ދުނިޔޭގެ 163 ވަނައިގައި އޮތް ޖަރުމަނުގެ ޖޮނަތަން ޑެސްޕް އާއި ސެލިން ހުބްޝް ވަނީ 21-07، 21-04 އިންނެވެ.
ރިވައިވަލް ޓީމާ އެކު، އަޒަރުބައިޖާން މުބާރާތަށް ޓީމުގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ދަތުރުކޮށްފައިވެ އެވެ.
އަޒަރުބައިޖާން މުބާރާތުގައި ނަބީ އާއި ނަބާ އަށް ދުނިޔޭގެ ވަރުގަދަ ޕެއާއެއްގެ މެޗެއް އަޒަރުބައިޖާން މުބާރާތުގައި ނަބީ އާއި ނަބާ އަށް ދުނިޔޭގެ ވަރުގަދަ ޕެއާއެއްގެ މެޗެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ