އެމްޕީއެލްގެ ސީއީއޯކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެކްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަގާމަށް ހުސައިން ޝަފީގް އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޕީއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަގާމަށް ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީގު އައްޔަނު ކުރައްވައިފި ކަމަށެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން މިމަހުގެ 06 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ