ރާއްޖޭގެ ހުރިހާ ސްކޫލެއް ފިނިކުރުމުގެ އަމަލީ މަސައްކަތް ފެނަކައިން ފަށައިފި

ސަރުކާރު ހުރިހާ ސްކޫލުތަކެއް ފިނިކުރުމަށް ހިންގާ، 'ކޫލް ސްކޫލު' މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ތަފްސީލް - ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މިއީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުގައި މާ ހޫނުވެ، އޭގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން ތަހައްމަލު ކުރަން ޖެހޭ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މަޝްރޫއުއެކެވެ.
ފެނަކައިން ބުނިގޮތުގައި:
މި މަޝްރޫއުގެ ދަށުން، މާލެ ސަރަހައްދުގެ %75 ސްކޫލުގައި އިންޑޯ އޭސީ މިހާރު ވަނީ ހަރުކޮށްފައި
އަދި އަމާޒަކީ، މި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުން
ފެނަކައިން ބުނީ، މި މަޝްރޫއުގެ ދަށުން ރަށްރަށުގެ ސްކޫލުތަކުގައި ހަރުކުރާ އޭސީތައް، އެ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ސްކޫލުތަކުގައި މިހާރު އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ