އޭއޯ ރޯދައިގެ ބަދިގެ: ރޯސްކުރި ކުކުޅު އޭއޯ ރޯދައިގެ ބަދިގެ: ކޯންޑް ބީފް ޕާސްތާ މެޕުން ކަރާ ހޯދައިގެން ޓީމަށް ޕޮއިންޓް! އުރީދޫން ‘ކަރާ ކުއެސްޓް’ ލޯންޗުކޮށްފި އިންކަމް ޓެކްސް 1.3 ބިލިއަނަށް އެރިއިރު، ކުންފުނިތަކުން ދެއްކި ޓެކްސް ދަށަށް މަގުބޫލު ލިޔުންތައް މ

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަަމަޖައްސައި ދޭން ނިންމާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ފަހި ހަކަތަަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭއެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށްވެސް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަކަށް ބަދަލެއް ނާންނަ ކަމަށާއި ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައި ދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް މިހާރު ހުރީ 16.01ރ. އަށެވެ. ޑީސަލް ލީޓަރެއް ލިބެން ހުރީ 17.54ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ