ފަހިދިރިއުޅުން އަދި ރީތިގަސް ފްލެޓްތަކަށް އަލޯރާއިން 25 ޕަސެންޓު ޑިސްކައުންޓު! ފަހިދިރިއުޅުން އަދި ރީތިގަސް ފްލެޓްތަކަށް އަލޯރާއިން 25 ޕަސެންޓު ޑިސްކައުންޓު!

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކަށާއި އެޗްޑީސީގެ މުވައްޒަފުންގެ ރީތިގަސް ފްލެޓްތަކަށް "އަލޯރާ" އިން ހާއްސަ ޑިސްކައުންޓެއް ތައާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ފްލެޓްތަކުގެ ވެރިފަރާތްތަކަށް އަލޯރާގެ ފަރުނީޗަރުގެ ބާވަތްތަކުން 25 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.
މި ހާއްސަ ޑިސްކައުންޓް ހޯދުމަށްޓަކައި، ފްލެޓްގެ ވެރިފަރާތުގެ އައިޑީކާޑު ކޮޕީއަކާއި ފްލެޓް އެގްރީމަންޓްގެ ފަހު ސަފުހާގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ.
އަލޯރާއަކީ ދުނިޔޭގެ ނަން މަޝްހޫރު، ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ފަރުނީޗަރު ރާއްޖެއަށް ތައާރަފްކުރަމުންދާ ފިހާރައެކެވެ. މީގެ ތެރޭގައި ތައިލެންޑްގެ މަޝްހޫރު "އެސްބީ ފަރުނީޗަރު" އާއި، ތުރުކީގެ "ނެވި" ބްރޭންޑްގެ އިތުރުން، ކުޑަކުދިންގެ ފަރުނީޗަރަށް ހާއްސަ ތުރުކިޔޭގެ "އަލްމެއިލާ" ބްރޭންޑް ހިމެނެއެވެ.
މީގެ އިތުރުން، އަލޯރާއިން ވިއްކާ ގޮދަޑިތަކަކީ ސައިންޓިފިކް ތަހުލީލުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، އަރާމު ނިދުމަކަށް މަގުފަހިކޮށްދޭ ތަކެއްޗެވެ. އެގޮތުން "ޑަޕަން" ބްރޭންޑްގެ ޖެލް، ޕޮކެޓް ސްޕްރިން އަދި މެމޮރީ ފޯމް ގޮދަޑިތަކާއި، މެލޭޝިއާގެ "ފާނެކްސް" ބްރޭންޑްގެ ފެންވަރު ރަނގަޅު ބާލީހާއި ގޮދަޑި ލިބެން އެބަހުއްޓެވެ.
އަލޯރާގެ މައި ފިހާރަ މިހާރު ހުންނަނީ ހުޅުމާލޭ ހައިވަކަރު މަގު (ޕޮލްކޯ ފްލެޓްތައް ކައިރީ) ގަ އެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 7201587 ނަންބަރަށް ގުޅުއްވުން ނުވަތަ ވައިބާ/ވަޓްސްއަޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެވެ އަދި އަލޯރާގެ ވެބްސައިޓް އިން ތަކެތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ