މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓީޓީ ހެދުމަށް 100 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބޭންކުގެ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، އެ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށެވެ.
މީގެ އިތުރުން، 2025ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ވިއްކާފައިވަނީ 14.6 މިލިޔަން ޑޮލަރުގެ ޓީޓީކަމަށާއި، ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާއިރު މަހެއްގެ މައްޗަށް އެ ބޭންކުން 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ފުރަތަމަ ކުއާޓަރުގައި ޓީޓީ ހެދުމަށް 100 މިލިޔަން ޑޮލަރު ދޫކުރި: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ