ރައްޔިތުންގެ މަޖިލިސް ގެ ބޮޑު މެޖޯރިޓީ ސަރުކާރަށް ރައްޔިތުން އޮތީ ދީފައެވެ. އެހެން ކަމުން ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާ ރައްޔިތުންގެ ބާރަށް ރައީސް މުއިއްޒު ހެއްދެވީ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ސުވާލު ކުރައްވައެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވާގޮތުގައި ރައްޔިތުންގެ މަޖިލިސް ބަދަލުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ޑިޕާޓްމަންޓަކަށެވެ. ރައީސް ވިދާޅުވާގޮތަކަށް ނޫނިއްޔާ މެންބަރަކަށް އަނގައަކުން ނުބުނެވެއެވެ. ރައީސްގެ ހިޔާލާ އިދިކޮޅަށް ބުނާ މީހަކު ވައްޓާލެވިފައިވަނީ ބިރުވެރި ކަމަކަށެވެ.
ގާނޫނުއަސާސީއަށް ބަދަލުގެނެސް މަޖިލިހުގެ މެންބަރުން ޕާޓީ ލީޑަރުން މެދުވެރިކޮށް ވަކިކުރެވޭ ހިސާބަށް ގެންދެވައިފިއެވެ. މަޖިލިހުގެ އަނގަމަތީގައި މަލަށް އަޅާ އަނގަ ބަންދުކޮށްލައިފިއެވެ.
ގާނޫނުއަސާސީގައި ބުނާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ގޮތަށް ތަޅުއަޅުވައި ބިޑިއަޅުވައި ނިންމާލާ ރައްޔިތުންގެ ބާރު ކަނޑާލީއެވެ.
ރައްޔިތުންގެ ބާރު ކަނޑުވާލިގޮތް ކުރުކޮށް ސިފަކޮށް ދެއްވަމުން ލޯކަލް ކައުންސިލް އިންތިހާބުވެސް ރައީސް މުއިއްޒަށް ދީގެން ނޫނީ ކަންތައް ނުކުރެވޭނެ ކަމަށް މިހާރު ވިދާޅުވަމުން ދާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.⠀
ރައްޔިތުންގެ ބާރަށް މުއިއްޒު ހެއްދެވީ ކިހިނެއް: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ