ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކައުންސިލް އިންތިހާބާ ދިމާކޮށް އިއްޔެ ފެށީ ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކޮށްދޭ ރިޕޯޓު (އީއައިއޭ) ނުހަދައިކަން އެނގިއްޖެ އެވެ.
ފިޔޯރީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ އިއްޔެ އެވެ. އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް އެވެ. އެ ރަސްމިއްޔާތުގައި ހައުސިން އަދި ޕްލޭނިން މިނިސްޓަރުގެ އިތުރުން ވެސް ސަރުކާރުގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ނަމަވެސް، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އަދި ތައްޔާރުކޮށް އާންމު ކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ހެދުމަށް ސާވޭ ޓީމު މި ވަގުތު ވެސް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ސާވޭ ޓީމުން ތައްޔާރުކުރަމުން ދަނީ ވަގުތީ އީއައިއޭ ރިޕޯޓެކެވެ.
ތިމާވެށްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެކަމަކުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި މިނިސްޓްރީއަށް ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގައި ލާޒިމު ކަމެކެވެ.
ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީގައި 3000 ޓަނުގެ ކޯލްޑް ސްޓޮރޭޖް ފެސިލިޓީއެއް ހުންނާނެ އެވެ. އަދި، ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރުމުގެ ގާބިލުކަމާއި 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް އެ ފެކްޓްރީގައި ހުންނާނެ އެވެ.
ފިޔޯރީގައި ގާއިމުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު އީއައިއޭ ރިޕޯޓެއް ނެތި ފަށާފައިވާއިރު، އެއާޕޯޓެއް އެޅުމަށްޓަކައި ނ. ވިހަފަރު ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ފެށީ ވެސް އީއައިއޭ ރިޕޯޓު ނުހަދަ އެވެ.
ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކަން ފެށީ އީވެސް އައިއޭ ނުހަދާ! ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކަން ފެށީ އީވެސް އައިއޭ ނުހަދާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ