ލިވަޕޫލް (ފެބްރުއަރީ 3) - ފްރާންސްގެ ރެން އަށް ކުޅެމުން އަންނަ 20 އަހަރުގެ ޑިފެންޑަރު، ޖެރެމީ ޖަކޭ، 74 މިލިއަން ޑޮލަރުގެ ޑީލެއްގައި އިނގިރޭސި ޗެމްޕިއަން، ލިވަޕޫލަށް ސޮއިކޮށްފި އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، ލިވަޕޫލަށް ޓްރާންސްފާގެ ފަހު ދުވަހު ސޮއިކުރިއިރު، އެ ކްލަބުން ލޯނަކަށް ގެންނަން ބެލި ނެދަލެންޑްސްގެ ލުޓްޝަރެލް ގީޓްރައިޑާ ލިބޭގޮތެއްނުވި އެވެ.
އަނެއްކޮޅުން، ޖަކޭ ވެސް ލިވަޕޫލާ މި ފަހަރުގެ ޓްރާންސްފާ ތެރޭގައި ނުގުޅޭނެ އެވެ. ލިވަޕޫލާ އެކު އޭނާގެ ކޮންޓްރެކްޓް ފަށާނީ ޖުލައި އެއް ވަނަ ދުވަހުންނެވެ.
ޓްރާންސްފާ މާކެޓްގައި ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ޖަކޭގެ ސޮއި ހޯދަން މި ސީޒަން ފެށުމުގެ ކުރިން ބަޔާން މިއުނިކުން ވާހަކަ ދެއްކިއިރު، މި ދިޔަ މަހުގެ ޓްރާންސްފާ ތެރޭގައި ޗެލްސީން ވެސް މަޝްވަރާތަކެއް ކުރިއަށްގެންދިޔަ އެވެ. އެކަމަކު، އެއްވެސް ކްލަބަކަށް ލިވަޕޫލްގެ އޮފާއާ ހަމަނުކުރެވި، އެ ޓީމުން މި ޑީލް ނިންމާލީ އެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭއާ އެކު އެ ކްލަބުން ހަދާފައި އޮތް ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާ އެއްބަސްވުމެއް ހަދަން ކޮނާޓޭ އަށް ލިވަޕޫލުން ކުރި އޮފާތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭއިރު، ސީޒަން ނިމުމުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.
ލިވަޕޫލުން މި ސީޒަން ފެށުމުގެ ކުރިން ގެންނަން މަސައްކަތްކުރި އިނގިރޭސި ޑިފެންޑަރު، މާކް ގޭހީގެ ސޮއި މިދިޔަ މަހުގެ ޓްރާންސްފާގައި މެންޗެސްޓާ ސިޓީން ވަނީ ހޯދައިފަަ އެވެ.
ފްރާންސްގެ ޑިފެންޑަރު ޖަަކޭ 74 މިލިއަން ޑޮލަރުގެ ޑީލެއްގައި ލިވަޕޫލަށް ފްރާންސްގެ ޑިފެންޑަރު ޖަަކޭ 74 މިލިއަން ޑޮލަރުގެ ޑީލެއްގައި ލިވަޕޫލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ