ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑުއަހަން ގޮވާލައިފި

ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑުއަހަން ކުރީގެ ރައީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ އެމްޑީޕީ އެވެ. ދިވެހިރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ރޭ ކުރެއްވި ޓްވީޓެއްގައި ސޯލިހު ވަނީ އެމްޑީޕީގެ އިންތިހާބީ މޭޔަރުންނާއި، ކައުންސިލަރުންނާއ، ޑަބްލިއުޑީސީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ."ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ. ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ،" ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ