ޖޭޕީއިން ދޮގުކުރިއަސް، ޖޭޕީ އުވާލައި ޕީއެންސީއާ ގުޅުމުގެ ހިޔާލު ގާސިމް އެއްސެވި!

ޖޭޕީ އުވާލައި، މެމްބަރުން ޕީއެންސީއާ ގުޅުމާ މެދު ހިޔާލަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްސެވިކަން "ދަ ޕްރެސް" އެނގިއްޖެއެވެ.
އިއްޔެ ޖޭޕީގެ ކައުންސިލްގެ 161 ވަނަ ބައްދަލުވުން ވަނީ ބާއްވާފައެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކާއެކު މަޝްވަރާކޮށް އިންތިހާބު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެ ބައްދަލުވުމުގައި ގާސިމް ވަނީ ޖޭޕީ އުވާލައި ޕީއެންސީއާ ގުޅުމާ ގޮތުން މެންބަރުގެ ހިޔާލަކަށް އައްސަވާފައެވެ. އަދި މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެކަން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އިއްޔެ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި މިފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ