ކާމިޔާބު، އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ކައިވެނީގެ ކުރިން 2 މީހުންވެސް މި 2 ކަންތައްކޮށްލާށެވެ! ތަފާތު ފެންނާނެކަން ޔަޤީން! އިން ޝާ ﷲ

ބައެއް މީހުން ކުރާ ސުވާލެއް އެބައޮތެވެ. އެސުވާލަކީ ކައިވެނީގެ ކުރިން ދެމީހުން ކުރަން އެންމެ ރަނގަޅުކަމަކީ ކޮބައިހެއްޔެވެ؟  
މިސުވާލަށް އަހުރެންގެ ޖަވާބަކީ ދެމީހުންވެސް އެންމެ ފަހަރަކުނަމަވެސް ޤުރްއާނުގެ މާނަ ކިޔައިލާށެވެ! އިތުރަށް ދެމީހުންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައިވެނިފުޅު ބައްލަވައިގެންނެވި މިއުންމަތުގެ މައިކަނބަލުންގެ ސިޔަރަތު ކިޔައިލާށެވެ.  
އެއިރުން ޒަވާޖީ ހަޔާތަކަށް ބޭނުންވާނެ މުހިންމު ހުރިހާ ކަންކަން އެނގިގެންދާނެއެވެ. ދެމީހުންގެ މަސްއޫލިއްޔަތުތަކާއި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ 
މައްސަލައަކަށް މިއަދު ވެގެން މިއުޅެނީ ޒަވާޖީ ޙަޔާތުގައި ކުރިއަށްދާން އޮތް ޙަޤީޤީ މަގު ދަސްނުކުރެވޭކަމެވެ. ނަތީޖާއަކަށްވަނީ މައްސަލައެއް ޖެހުމުން ޙައްލުކުރާނެ ގޮތް ނުއެނގޭކަމެވެ. ކުރިން މިބުނި 2 ކަންތައް ކޮށްފިނަމަ މައްސަލަ ޖެހޭނެ ކަމާއި ޙައްލުކުރަން ޢމަލުކުރަންޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ.  
އެއިގެ އިތުރުން މިބުނި 2 ކަންތައް ކޮށްފިނަމަ ތަޤްވާވެރި ދިރިއުޅުމެއް އުޅެން ކުރަންޖެހޭނެ ކަންކަންވެސް އެނގިގެންދާނެއެވެ. މިކަންކަން ދިރާސާކުރާ ކާފިރުންވެސް މިއަދު އެކަން ޤަބޫލުކުރެއެވެ. ޤަބޫލުނުކުރަނީ ދިރާސާ ނުކުރާ މީހުންނެވެ.  
ގިނަ ބައަކު އިސްލާމްވަމުން އެދަނީ ދިރާސާކުރަން އެމީހުންކުރާ މަސައްކަތްތަކުގެ ތެރެއިން ދިރިއުޅުމުގެ ޙަޤީޤަތް އެނގުމުންނެވެ. ވީމާ އަހުރެމެން މުސްލިމުން ދިރާސާކޮށްފިނަމަ ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ