މޫސުން ގޯސްވެ ވައިގަދަ ވުމުގެ ސަބަބުން ކާރެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެ

މޫސުން ގޯސްވެ ވައިގަދަ
ވުމުގެ ސަބަބުން ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ގަހެއް، ކައިރީގައި ޕާކް ކޮށްފައި
އޮތް ކާރެއްގެ މައްޗަށް ވެއްޓިއްޖެއެވެ.
ހުޅުމާލޭގެ ވަން އެވެނިއު ކުރިމަތީގައި
ހުރި ފިތުރޯނު ގަހެއް ކާރެއްގެ މައްޗަށް ވެއްޓުނު ނަމަވެސް މިހާދިސާގައި
އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ހިސާބު ތަކަށް
ކުރަމުން މިދާ ވިއްސާރައިގައި ވައި ފުދޭވަރަކަށް ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ
ވެހި ގުގުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
Advertisement
އަދި ކުރިއަށް އޮތް 24
ގަޑިއިރަށް މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު އެލަރޓް ނެރި
މޫސުމާއި މެދު ސަމާލުވުމަށް އާއްމުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ