ރައީސްގެ އައްޑޫ ބްރިޖް، މުޅި އައްޑޫ ބަދަލުކޮށްލާނީ ރައީސް ސޯލިހް އައްޑޫގެ މަޝްރޫއުތައް ފެނި ރައީސް ޔާމީން ކޮސްވެއްޖެ: ނިހާދު މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުން މެމްބަރު ނިހާދު ދިފާޢު ކުރައްވައިފި ޕާޓީގެ ހުރިހައި މެމްބަރުންނަށް ވަގަ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، މުހައްމަދު ނިހާދު ވެރިކަން ކުރާ މައިޕާޓީ ޕީއެންސީއަށް ސޮއިކުރަން ނިންމާފައިވާކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދު ޕީއެންސީއަށް ސޮއި ކުރައްވަން ހަމަޖެހިފައިވަނީ ޕީޕީއެމް/ޕީއެންސީން މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގެ ތެރެއިންނެވެ. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ގޮނޑި، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އިބްރާހީމްދީދީ ބަލިކުރެއްވުމަށްފަހު ކާމިޔާބުކުރެއްވި ނިހާދު އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައި ދިނުމަށް ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ނިހާދުގެ އިތުރުންވެސް އެމްޑީޕީގެ ގިން މެމްބަރުންތަކެއް މިރޭ ޕީޕީއެމްއަށް ސޮއިކުރުމަށް ނިންމާފައިވާއިރު މި ކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ބައެއް މަޖިލީސް މެމްބަރުން އެ ޕާޓީން ވަކިވުމަށް ނިންމާފައިވާއިރު ދާދި ފަހުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފްވެސް ވަނީ ޕާޓީއިން ވަކިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ