"ރައީސް ޔާމީންގެ މިނިވަންކަމާ މި ވޯޓާ ވަނީ ގުޅިފައި. ތިޔަ ބޭފުޅުން ޑރ. މުއިއްޒަށް ދެއްވާ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި އަވަސް ޝަރީއަތެއް ލިބި އެ މަނިކުފާނު ލިިބިގެންދާ އަނިޔާއިން ސަލާމަތްވާން އޮތް އެންމެ ފަހި މަގު،"
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހައްގުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ވޯޓް ދެއްވުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެދިވަޑައިގެންފި އެވެ.
އެކަމަނާ އެކަމަށް އެދިވަޑައިގެންނެވީ އާންމު ކުރެެއްވި ވީޑީއޯ މެސެޖެއްގައެވެ.މެޑަމް ފާތިމަތު އިބްރާހިމްގެ މެސެޖުގައި ރައީސް ޔާމީންގެ ގައުމީ މަސައްކަތްޕުޅު ފާހަގަކުރައްވާ އެ މަސައްކަަތް ކުރިއަށް ގެންދަން އަދި އެ މަސައްކަތު ގައި ބައިވެރިވުމަށް ރައްޔިތުންނަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތަކީ ހޮނިހިރު ދުވަހުގެ އިންތިހާބުގައި މުއިއްޒަށް ވޯޓް ދެއްވުން ކަމަށެވެ."ރައީސް ޔާމީންގެ މިނިވަންކަމާ މި ވޯޓާ ވަނީ ގުޅިފައި. ތިޔަ ބޭފުޅުން ޑރ. މުއިއްޒަށް ދެއްވާ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި އަވަސް ޝަރީއަތެއް ލިބި އެ މަނިކުފާނު ލިިބިގެންދާ އަނިޔާއިން ސަލާމަތްވާން އޮތް އެންމެ ފަހި މަގު،" ފާތުންގެ މެސެޖެއްގަައި ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓުދީ: މެޑަމް ފާތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ