ގޯތި ދިނުން ލަސްވާތީ ގަމު ކައުންސިލް ދޮށުގައި ރައްޔިތުން މުޒާހަރާ ކޮށްފި!

ގޯތި ދިނުން ލަސްވާތީ ލ. ގަމުގެ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ. 
މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެ ރަށުން ދޫކުރަން ފުރަތަމަ ނިންމީ 2،000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް އެ ގޯތިތަކުގެ ސައިޒު 4،000 އަކަފޫޓަށް ބޮޑުކުރުމުން ގޯތި ދޫކުރުން ލަސްވެފައިވާ ކަމަށާއި އެއާގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށެވެ. 
އެކު ޖުމްލަ 500 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމި ނަމަވެސް، އެ ގޯތި ލިބޭނެ އިރެއް ނޭނގޭތީ ގިނަ ރައްޔިތުންގެ ނުރުހުން ކައުންސިލަށް ވަނީ އަމާޒުވެފައެވެ. 
Advertisement
ގޯތި ދިނުން ލަސްވަތީ ގަމު ރައްޔިތުން މުޒާހަރާ ކުރަނީ-- 
މުޒާހަރާއަށް ނުކުތް މީހުންނާ މުހާތަބުކޮށް ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މިއަދު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސް ނުކޮށް ގޯތި ދޭން ހުށަހެޅީ އެކަން ކުރެވޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
އަދި އޭގެ ފަހުން ގޯތި ދިނުމުގެ ހުއްދައަށް އެދި މިމަހުގެ ތިން ވަނަ ދުވަހު ހުށަހެޅި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ