ނަޝީދު ވަކިކުރުމުގެ ޖަލްސާއެއް މިއަދު ހަވީރު 4:00 އަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހަވީރު ޖަލްސާއެއް ބޭއްްވުމަށް ތާވަލު ކޮށްފިއެވެ.
މަޖިލީހުން ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ބާއްވާ ޖަލްސާ ބާއްވަނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ. މި ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ އެކަންޏެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާ ތިން ފަހަރެއްގެ މަތިން ކުރިއަށްގެންދަވަން މަސައްކަތް ކުރިނަމަވެސް ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެއިން ކޮންމެ ފަހަރަކުވެސް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ ޖަލްސާ މެދު ކަނޑާލައްވައިފައެވެ.
މިއަދުގެ ޖަލްސާގައި އެމައްސަލަ ކުރިއަށް ނުގެންދިއުމުން މަޖިލިސް ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުވިއިރު، ބައެއް މެމްބަރުން ވަނީ ގޮނޑިން ތެދުވެވަޑައިގެން ރިޔާސަތު ކުރިމައްޗަށް ވެސް ވަޑަިއގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ