އައިޕީއެލް: ރާޖަސްތާން ބަލިކޮށް ކަލްކަތާ ޕްލޭއޮފްގެ އުންމީދުގައި އައިޕީއެލް: ރާޖަސްތާން ބަލިކޮށް ކަލްކަތާ ޕްލޭއޮފްގެ އުންމީދުގައި

ކަލްކަތާ، އިންޑިއާ (މެއި 5) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އިއްޔެ ކުޅުނު މެޗުން ރާޖަސްތާން ރޯޔަލްސް އެއް ލަނޑުން ބަލިކޮށް، ކަލްކަތާ ނައިޓް ރައިޑާސް އިން މުބާރާތުގެ ޕްލޭއޮފްގެ އުންމީދު ދަމަހައްޓައިފި އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން، ކަލްކަތާ މި ވަގުތު އޮތީ 10 ޓީމު ވާދަކުރާ އައިޕީއެލްގެ ހަ ވަނައިގަ އެވެ. އެެއީ، 11 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ ހަތަރަކަށް ޕްލޭއޮފްގެ ޖާގަ ލިބޭއިރު، ހަތަރު ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ކަލްކަތާ އަށް ޕްލޭއޮފްގެ ކުޑަ ވެސް އުންމީދެއް އޮތީ އެ ޓީމަށް ބާކީ އޮތް ތިން މެޗުން މޮޅުވެގެންނެވެ.
އެޑެން ގާޑަންސްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެެވެ. އެ ޓީމުން ވަނީ، 20 އޯވަރުގެ ތެެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން، 206 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ފަސް ވަނަ ބެޓްސްމަނަކަށް ކުޅެން އެރި، އަންޑްރޭ ރަސަލް އެވެ. އޭނާ ވަނީ ނުބައިނުވެ، 25 ބޯޅައިން 57 ލަނޑު ހަދައިފަ އެވެ. އަދި، އެ ޓީމުގެ އަންގްކްރިޝް ރަގުވަންޝީ ވަނީ 31 ބޯޅައިން 44 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ރާޖަސްތާން އިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 45 ބޯޅައިން 95 ލަނޑު ހެދި ރިޔާން ޕަރާގް އެވެ. މި އިނިންގްސްގައި، ކަލްކަތާގެ މޮއީން އަލީ، ހަރްޝިޓް ރާނާ އަދި ވަރުން ޗަކްރަވަރުތީ، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ