ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 17) - އިންޑިއަން ވެލްސް މުބާރާތުގެ ފައިނަލުގައި، ޑެންމާކްގެ ހޯލްގާ ރޫން ބަލިކުރުމަށް ފަހު، އިނގިރޭސި އެއް ވަނަ ކުޅުންތެރިޔާ، ޖޭކް ޑްރޭޕާ، ކެރިއަރުުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު، ދުނިޔޭގެ ގަދަ 10 އަކުން ޖާގަ ހޯދައިފި އެވެ.
މިއީ، އެސޯސިއޭޝަން ޓެނިސް ޕްރޮފެޝަނަލް (އޭޓީޕީ)ގެ މާސްޓާސް އިވެންޓެއްގައި، ޑްރެޕާ އަށް ލިބުނު ފުރަތަމަ ތަށްޓެވެ.
މާސްޓާސް އިވެންޓަކީ، ޓެނިހުގެ ދެ ވަނަ ފަންތީގެ މުބާރާތެކެވެ. އެންމެ ބޮޑު މުބާރާތަކީ، ހަތަރު ގްރޭންޑް ސްލޭމް އެވެ.
އިނގިރޭސި ތަރި، ޑްރެޕާ ވަނީ ފައިނަލުގައި ދުނިޔޭގެ 13 ވަނައިގައި އޮތް ރޫން އަތުން 6-2، 6-2 އިން މޮޅުވެފަ އެވެ.
މި ފަހަރުގެ މުބާރާތަށް ނުކުތްއިރު، ޑްރެޕާ އޮތީ ދުނިޔޭގެ ރޭންކިން 14 ވަަނައިގަ އެވެ. ސެމީ ފައިނަލުގައި، ސްޕެއިިނުގެ ތަރި، ކާލޯސް އަލްކަރާޒް އަތުން ޑްރެޕާ މޮޅުވުމާ އެކު، އޭނާ އަށް ގަދަ 10ގެ ޖާގަ ޔަގީންވި އެވެ.
އެކަަމަކު، އެހާ ހިސާބުން ވެސް ފަސްބެލުމެއް ނެތި، ޑްރެޕާ ވަނީ މޮޅު ކުޅުމެއް ދައްކައި އިންޑިއަން ވެލްސް ތަށި ހޯދައިފަ އެވެ.
"މިއީ ވަރަށް އާދަޔާހިލާފު ހަފްތާއެއް މުޅި ހަޔާތަށް ބެލިޔަސް. އެހެންވީމަ، ކޮންމެ ވަގުތެއް ވެސް އަހަރެން އެންމެ ފުރިހަަމަ އަށް ބޭނުންހިފައި، ކަންކަން ދަސްކުރަން ބޭނުންކުރާނަން،" ދުނިޔޭގެ ރޭންކިންގެ ހަތް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތް ޑްރެޕާ ބުންޏެވެ.
ޑްރެޕާ ބުނީ، މިދިޔަ އަހަރު ވެސް އޭނާ ބުނަމުން އައީ، ސްޕެއިނުގެ އަލްކަރާޒް އާއި އިޓަލީގެ ޖަނިކް ސިނާ ފަދަ ލެވަލްގެ ކުޅުންތެރިންނާ ވާދަކުރަން ބޭނުންވާ ކަމަށެވެ. އަދި، މި އަހަރު އެކަން ހާސިލްކުރެވޭތީ، ކެރިއަރު އޮތީ ރަނގަޅު ޓްރެކުގައި ކަމުގެ އިހުސާސްވާ ކަމަށް ޑްރެޕާ ވަނީ ބުނެފަ އެެވެ.
ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއާ އެކު ޑްރެޕާ ދުނިޔޭގެ ގަދަ 10 އަކަށް ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއާ އެކު ޑްރެޕާ ދުނިޔޭގެ ގަދަ 10 އަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ