ޓްރަމްޕް ސަރުކާރުން ދެކުނު އެފްރިކާގެ ސަފީރު އިބްރާހިމް ރަސޫލް އެމެރިކާއިން ބޭރުކޮށްލައިފިއެވެ. މިކަން އިއުލާނުކުރީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އެވެ.
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރޫބިއޯ ބުނެފައިވަނީ ރަސޫލްއަކީ “އެމެރިކާއާއި ރައީސް ޓްރަމްޕަށް ނަފްރަތުކުރާ، ނަސްލީ ހަމަނުޖެހުން އުފައްދާ ސިޔާސީ މީހެއް” ކަމަށެވެ. އަދި އޭނާއާއެކު މަޝްވަރާކުރާނެ އެއްވެސް ކަމެއް ނެތްކަމަށާއި، އެހެންކަމުން އޭނާއަކީ “ޕަރސޯނާ ނޮން ގްރާޓާ” އެއް ކަމަށެވެ.
ރޫބިއޯގެ މި ބަޔާން ގުޅުވާފައިވަނީ ކަނާތުފިޔައިގެ މީޑިއާ އައުޓްލެޓް ބްރައިޓްބާޓްގެ އާޓިކަލްއަކާއެވެ. އެ އާޓިކަލްގައި ރަސޫލް ބުނެފައިވާ ކަމަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް “ސުޕްރެމަސިސްޓް އިންސްޓިންކްޓް” އާއި “ހުދު މީހުންގެ ވިކްޓިމްހުޑް” ބޭނުންކޮށްފައިވާ ކަމަށެވެ.
ރަސޫލް ބޭރުކޮށްލުމަކީ ފަލަސްތީނުގެ ޙައްޤުތަކަށް ތާއީދުކޮށް، އިޒްރާއީލުގެ މައްޗަށް އައި.ސީ.ޖޭގައި ދަޢުވާ އުފުލުމަށް އިސްނެގި ސައުތު އެފްރިކާއާ ދެކޮޅަށް ޓްރަމްޕް އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.
ރަސޫލްއަކީ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ. އޭނާ މިހާރުގެ މަޤާމަށް އައީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. މީގެ ކުރިން އޭނާ މި މަޤާމުގައި ހުރީ 2010 އިން 2015 އަށް، ބަރާކް އޮބާމާގެ ރިޔާސަތުގައެވެ.
އެމެރިކާއިން ދެކުނު އެފްރިކާގެ ސަފީރު ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ