މީދޫ މަތިކިޅީގައި މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލުނުވޭ

އައްޑޫ ސިޓީ މީދޫ މަތިކިޅީގެ ޗަސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނިގޮތުގައި މަތިިކިޅި ޗަސްބިމުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:45ގަ އެވެ. އެވަގުތުން ފެށިގެން އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ބުނީ ކީކޭ؟ - އެމްއެންޑީއެފްއިން ދެންމެ 'ދައުރު' އަށް ބުނިގޮތުގައި އެ އަލިފާންގަނޑު އަދިވެސް ކޮންަޓްރޯލެއް ނުވެ އެވެ. އަދި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ:
އަލިފާން ރޯވި ސީދާ ސަބަބު ބުނާކަމަށް ނޭނގެ، އެކަމަކު ހޫނުގަދަވެގެންނާ އެހެނިހެން ވެސް ސަބަބުތަކާހެދި އާންމުކޮށް ވެސް އެ ސަރަހައްދުގައި އަލިފާން ރޯވޭ
ޗަސްބިމަކަށްވުމުން ކުޑަކޮށް ރޯވިޔަސް އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިގެންދޭ
އެހެންވެ ބައެއް ފަހަރުތަކުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ގިނަ އިރުތަކެއް ހޭދަވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ