އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު ނިމެންދެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 އުމްރާ ދަތުރު މި އަހަރު ތެރޭގައި އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާއިރު، ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ އެވެ.
އުރީދޫ އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު 250ރ. ގެ ހިދުމަތެއް ހޯދާ އެ ކުންފުނީގެ ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް، މަރިޔަމް ޝިއުނާ ހަމީދު "އަދަދު" އަށް ވިދާޅުވީ އުުމްރާ ދަތުރުތަކާއި ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނީ އުރީދޫ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސައިކަލު ލިބޭ ކެމްޕެއިންގެ މަގުބޫލުކަމަށް ބެލުމަށްފަހު ކަމަށެވެ.
އުމްރާ ދަތުރުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ލިބޭ ދެ މީހުންގެ ހައްޖު ދަތުރު ހޯދުމުގެ ފުރުސަތު އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"މަސް ދުވަހުގެ ތެރޭގައި 250ރ. ގެ ޓްރާންސެކްޝަންއެއް މި ކުރަން ޖެހެނީ އުރީދޫއާ އެއްކޮށް. އެއީ އޯކޭ އެޑްއޮންއެއް ނަންގަވާލެއްވިއަސް، ސުޕަނެޓް ބިލް ދައްކަވާލެއްވިއަސް، ނޫނީ ރީޗާޖް ކޮށްލެއްވިއަސް، ހަމަ ވަރަށް ފަސޭހަކޮށް ހަމަ އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމާސްއަށް ބައިވެރިވެވޭ ގޮތަށް އަޅުގަނޑުމެން ކެމްޕޭން ރާވާފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.
އަންނަ އޮގަސްޓް 13, ގައި އުރީދޫއަށް 20 ފުރުމާ ދިމާކޮށް ތަފާތު އެކި ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރާވަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ އިން އަންނަނީ ކަސްޓަމަރުން ޝައުގުވެރިވާ ތަފާތު ޕްރޮމޯޝަންތައް އަބަދުވެސް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހިންގި ސައިކަލު ލިބޭ ޕްރޮމޯޝަންގައި 30 ކަސްޓަމަރަކަށް 30 ސައިކަލު އެ ކުންފުނިން ދީފައިވެ އެވެ.
އުރީދޫ އިން މި އަހަރު ނިމެންދެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އުރީދޫ އިން މި އަހަރު ނިމެންދެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ