ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ އިއްޔެ ކަނޑުމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު އެ އިދާރާ އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭން ކަމަށެވެ.
ތަފްސީލް - އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު 1،086 ގްރާމް ކެޓަމިން، 2،138 ގްރާމް މެތަމްފެޓަމިން އަދި 310 ގްރާމް ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި މައްސަލާގައި އަތުލި މަސްތުވާތަކެތި މަގުމަތީ އަގު
ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާ
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
6.7 މިލިއަން ރުފިޔާގެ ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ